ޓޫރިޒަމްގެ ކާމިޔާބީ ދެމެހެއްޓުމަށް ދިވެހިންގެ އޮމާން ދިވެހި ގޮތްތައް މުހިންމު: ރައީސް

މ
3 އޮކްޓޫބަރު 2024 13:541 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ ޓޫރިޒަމް ކާމިޔާބު ކަމާއެކު ދެމެހެއްޓުމުގައި ދިވެހިންގެ ސުލްހަވެރި، އޮމާން ދިވެހި ގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓޫރިޒަމްގެ ބިންގަލަކީ މިތުރުވެރިކަމާއި އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަން ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ގައުމީ ޓޫރިޒަމްގެ ދުވަހެއް ފާހަގަކޮށްފައިވަނީ 2022 ވަނަ އަހަރުގަ އެވެ.

އެ ދުވަސް ފާހަގަކުރަނީ 3 އޮކްޓޯބަރު 1972 ގައި ’ކުރުނބާ ވިލެޖު’ގެ ނަމުގައި، ކ. އަތޮޅުގައި ވިހަމަނާފުށީގައި ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވި ދުވަހާ ގުޅުވައިގެންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.