ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބޮޑު ހަކަތައިގެ މަޝްރޫއު ޗައިނާގެ ކުންފުންޏަކަށް

މ
16 އޮކްޓޫބަރު 2024 14:511 މިނިޓުގެ ކިޔުން
Aa

ހަކަތައިގެ ސިނާއަތުގައި ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ އަދި ބޮޑު މަޝްރޫއު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ތިލަފުށީގައި 150 މެގަވޯޓުގެ ’ޑުއަލް ފިއުލް‘ ޕަވަ ޕްލާންޓެއް އެޅުމާއި މާލެއިން ތިލަފުއްޓާ ހަމައަށް އިންޓަކަނެކްޝަން ޓްރާންސްމިިޝަން ލައިނެއް އެޅުމަށް ހަވާލުކުރީ ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑް ކުންފުންޏާ އެވެ.

އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. ޓީބީއީއޭ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބާނީ ޒަންގް ޝިން އެވެ.

އެ އެއްބަސްވުމާއި ގުޅޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މިއީ ރާއްޖޭގެ ހަކަތައިގެ ސިނާއަތުގެ ފެންވަރު ރަނގަޅުކުރަން ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ސްޓެލްކޯއިން ލަފާކުރަނީ އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.