މަޖިދީ މަގުގައި ޒަހަމްކޮށްލައިފައިވާ އޮތް މީހަކު ފެނިއްޖެ

މ
10 އޮކްޓޫބަރު 2024 10:471 މިނިޓުގެ ކިޔުން
Aa

މާލޭ މަޖީދީމަގުގައި ހުންނަ ”ސޮރީ ބޯއީޒް“ ފިހާރަ ކުރިމަތީ އަނިޔާތަކެއް ލިބިފައި އޮތް ދިވެހި ފިރިހެނަކު ރޭ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ 1:25 އެހާކަންހާއިރު ކަމަށެވެ.

އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ. ފަރުވާ ދިނުމަށް ފަހު ހެނދުނު 6:19 ހާއިރު އޭނާ ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.