ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފެންވަރުމަތިކުރަން އެހީވާނަން: އެމެރިކާ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފެންވަރުމަތިކޮށް ވަސީލަތްތައް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމެރިކާއިން ދީފި އެވެ.

އެމެރިކާއިން މި ޔަގީންކަން ދިނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރ އެޑްމިރަލް ޖޯން އެކުއިލީނޯއާ މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރ ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަސީލަތްތައް ބިނާކުރުމާއި އަދި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭފުޅުން ތަމްރީނުކުރުމަށް އެމެރިކާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސުލްޙަމަސަލަސްކަން ޤާއިމުކުރުމަށާއި، ރާއްޖޭގެ އިސްތިޤުލާލު ރައްކާތެރިކުރުމުގައި އެއްބާރުލުން ދެއްވުމާއި، އަދި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރު މަޝްވަރާކުރެއްވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.