އިންތިހާބާބެހޭ ހުރިހާ ގާނޫނެއް އެއްކޮށްލުމުގެ މަސައްކަތް ކުރަނީ

މ
13 އޮކްޓޫބަރު 2024 21:451 މިނިޓުގެ ކިޔުން
Aa

އިންތިހާބާބެހޭ ގާނޫނުތައް މިހާރު ވަކިވަކިން ހުރުމުގެ ސަބަބުން ރައްޔިތުންނަށް އޮޅުންއަޅާ ކަމަށާއި އެހެންވެ އިންތިހާބާބެހޭ ހުރިހާ ގާނޫނެއް އެއްކޮށްލުމަށް ނިންމައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެސްއެމްއަށް ދެއްވި އިންޓަވިއެއްގައި ފުއާދު މިއަދު ވިދާޅުވީ ފަސް އަހަރުގެ ތެރެއިން ތިން އަހަރު އެކި އިންތިހާބުތައް އޮންނަ ކަަމަށެވެ. އެ ތިން އަހަރުގައި އިންތިހާބުތަކުގެ މަސައްކަތްތައް ކުރާ ކަމަށާއި ދެން އޮންނަ ދެ އަހަރު ކުރަން ޖެހެނީ ގާނޫނުތަކާއި މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ކަމަށް ފުއާދު ވިދާޅުވިއެވެ.

”ގާނޫނުތައް ވަކިން ހުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށްވެސް ބައެއްކަންކަން އޮޅުން އަރާ. ނަމަވެސް އެއް ގާނޫނަކުން ހުރިހާކަމެއް ފެންނަން ހުރުމުން އެއްހަމައަކުން ކަންކަން ކުރުމަށް ކޮމިޝަނަށްވެސް ފަސޭހަވާނެ.“، ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ގާނޫނުތައް އެއްކޮށްލުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން އީސީގެ މެންބަރުންނާއި ގާނޫނީ ބޭފުޅުންނާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ 2026 ގައި ބާއްވާ އިންތިހާބުތަކުގެ ތެރެއިން މިހާރު ހުރި ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭނަމަ އެކަން ކުރުމަށާއި އަލަށް ގާނޫނެއް ހަދަންޖެހޭނަމަ އެކަމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.