ގަނޑުކުރި ކުކުޅުތަކަކާއި ޗިކަން ނަގެޓްސްތަކެއްގެ ވެތި ފަރާތް ފުލުހުން ހޯދަނީ

މ
13 އޮކްޓޫބަރު 2024 21:561 މިނިޓުގެ ކިޔުން
Aa

ޓެކްސީއެއްގެ ޑިކީ ތެރޭގައި މީހަކަށް ބޭއްވުނު ގަނޑުކުރި ކުކުޅުތަކަކާއި ޗިކެން ނަގެޓްސް އަދި ފިޔާތަކެއްގެ ވެރި ފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވ

ފުލުހުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެތަކެތި ފެނިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލޭން ހުޅުމާލެ ލަކުޑި ޖެޓީއަށް ދަތުރުކުރި ޓެކްސީއެއްގެ ޑިކީ ތެރެއިން ކަމަށެވެ.

އެ ތަކެތީގެ ވެރިފަރާތުން ހުޅުމާލޭ ފޭސް އެކެއްގެ ފުލުސް ސްޓޭޝަނަށް ދިޔުމުން ތަކެތި ހަވާލު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ ނަންބަރު 9980062 ފޯނަށް ގުޅުމުން ކަމާ ބެހޭ މައުލޫމާތު ސާފުކޮށްދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގ ކުރިން އޯގަސްޓު، 2019، ގައި އެއް ލައްކަ ރުފިޔާ އަޅާފައި ހުރި ދަބަހެއް ޓެކްސީ ބަހައްޓައިފައި ދިޔަ މީހަކު ހޯދަން ފުލުހުން އިއުލާންކުރި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.