ކުރީގެ މެންބަރު އަބްދުލްގަފޫރު އަވަހާރަވެއްޖެ

މ
14 އޮކްޓޫބަރު 2024 13:001 މިނިޓުގެ ކިޔުން
Aa

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުލްގަފޫރު އިބްރާހީމް އަވަހާރަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުލްގަފޫރު އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި ސްޓްރޯކެއް ޖެހިވަޑައިގެންނެވެ.

އަބްދުލްގަފޫރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން 27 ފެބްރުއަރީ 2005 އިން 27 މެއި 2009 އަށް ކުރައްވައިފަ އެވެ.

އޭނާ އަވަހާރަވުމާ ގުޅިގެން އެ މަރުހޫމުގެ އާއިލާއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މެންބަރުންގެ ނަންފުޅުގައި ވަނީ ތައުޒިޔާ ފޮނުއްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.