ރަސްދޫގައި ޗުއްޓީ ހޭދަކުރަމުން އައި ޓޫރިސްޓަކު މަރުވެއްޖެ

މ
14 އޮކްޓޫބަރު 2024 16:201 މިނިޓުގެ ކިޔުން
Aa

އއ. ރަސްދޫ

އއ. ގަންގެހި ރިސޯޓް ބޭރުގައި ސްނޯކަލިން އަށް ގޮސް އުޅުނު ޓޫރިސްޓަކު އިއްޔެ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި މަރުވެފައިވަނީ އއ. ރަސްދޫގެ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އުމުރުން 27 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށެވެ.

އޭނާ ރަސްދޫ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މި މަހުގެ ހަތް ވަނަ ދުވަހު ކ. މާފުށީގައި ސްނޯކެލިން އަށް ގޮސް އުޅެނިކޮށް އެ ގައުމުގެ ފިރިހެނަަކު ވަނީ މަރުވެފަ އެވެ. އެއީ އަނބިމީހާ އާއެކު ހަނީމޫނަށް އައި މީހެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.