އަހަރުގެ ފުރަތަމަ 2 ހަފުތާ: ދައުލަތުން ދަތުރުފަތުރަށް 7 މިލިއަން ހަރަދުކުރި، ފަސް ގުނަ އިތުރު!

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

އަހަރުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި ދައުލަތުން ދަތުރުފަތުރަށް ހަތް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގިއްޖެ އެވެ.

ސަރުކާރަށް ލިބޭ އާމްދަނީ އާއި ބަޖެޓުން ހަރަދު ކުރަމުންދާ ގޮތް އަންގައިދޭ ރިޕޯޓުގައިވާ ގޮތުން މި މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ދަތުރުފަތުރަށް ހަރަދުކޮށްފައިވާ ހަތް މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ދަތުރުފަތުރަށް ހަރަދުކުރި މިންވަރަށްވުރެ ފަސް ގުނަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ދައުލަތުން ދަތުރުފަތުރަށް ހަރަދުކޮށްފައިވަނީ 1.4 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ދައުލަތުން ދަތުރުފަތުރަށް ހަތް މިލިއަން ހަރަދުކުރި އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފު ވަނީ ރަސްމީ ދަތުރުފުޅުތަކެއް ކުރައްވައިފަ އެވެ.

މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި ދައުލަތުގެ ދަތުރުފަތުރަށް 228.3 މިލިއަން ރުފިޔާ ޖަހާފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.