ލަންކާގައި އުޅޭ އިޒްރޭލު މީހުންނަށް ހަމަލާ ދޭން ރޭވިކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

މ
24 އޮކްޓޫބަރު 2024 19:201 މިނިޓުގެ ކިޔުން
Aa

ސްރީ ލަންކާގައި އުޅޭ އިޒްރޭލުގެ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާއެއް ދޭން ރާވަމުންދިޔަކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ލަންކާ ސަރަގައި ބުނެފައިވާ ގޮތުން ސްރީ ލަންކާ ޕޮލިސްގެ ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިވިޝަނުން އެ މީހާ ހައްޔަރުކުރީ ރަތްމަލާނަ ސަރަހައްދުންނެވެ. އޭނާއާއެކު ޖަފްނާއަށް ނިސްބަތްވާ މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަރުގަމް ބޭގައި ދޭން ރާވަމުންދިޔަ އެ ހަމަލާގެ މައުލޫމާތު ލަންކާގެ ސަލާމަތީ ބާރުތަކާ ހިއްސާކުރީ އިންޑިއާގެ އިންޓެލިޖެންސް އެޖެންސީންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.