ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެން ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

މ
25 އޮކްޓޫބަރު 2024 20:481 މިނިޓުގެ ކިޔުން
Aa

ކ. ގުޅިފަޅު ކައިރިން ލޯންޗެއް ޖެހި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ މި އެކްސިޑެންޓު ހިނގައިގެން އެ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ 19:34 ހާއިރު ކަމަށެވެ.

އެ ހަތަރު މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ފުލުހުން ދަނީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރަވަމުން އަންނަ ގޮތުގައި އެކްސިޑެންޓުވެފައިވަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ޕީކޭޑީ-10 ކިޔާ ލޯންޗަކާއި ފެރިދޫ ޓުއާޒްގެ ސެނޯރާ ކިޔާ ލޯންޗެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.