އިޒްރޭލުން އިރާނަށް ހަމަލާތަކެއް ދިނުމަށްފަހު ބޮޑާވެއްޖެ

މ
26 އޮކްޓޫބަރު 2024 10:081 މިނިޓުގެ ކިޔުން
Aa

އިޒްރޭލުން އިރާނަށް ހަމަލާތަކެއް ދީފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އިރާނުން އިޒްރޭލަށް ދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނަކު ބުނި ގޮތުގައި އެ ހަމަލާތައް އަމާޒުކޮށްފައިވަނީ އިރާނުން މިސައިލް އުފައްދާ ތަންތަނަށާއި ސާފޭސް ޓު އެއާ މިސައިލް ސިސްޓަމްތަކުގެ އިތުރުން ވައިގެ ދިފާއީ ގާބިލުކަމަށް އަމާޒުކޮށްގެންނެވެ.

އިޒްރޭލުގެ އަސްކަރީ ތަރުޖަމާން ޑެނިއަލް ހަގާރީ ވަނީ އެ ގައުމުން ބޭނުންވެއްޖެ ނަމަ އިރާނުގެ އިތުރު ސަރަހައްދުތަކަށް ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދީފަ އެވެ. އަދި އިޒްރޭލަށް ބިރު ދައްކާ ކޮންމެ ބަޔަކު އޭގެ އަގު އަދާކުރަންޖެހޭނެ ކަމަށްވެސް ބުންޏެވެ

އިޒްރޭލުން ހަމަލާތަކެއް ދިންކަން ކަށަވަރު ކޮށްދެމުން އިރާނުން ބުނީ އިޒްރޭލުގެ ހަމަލާތައް އަމާޒުވެފައިވަނީ ތެހެރާންގެ އިތުރުން ދެ ޕްރޮވިންސެއްގައި ހުންނަ އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ. އެ ހަމަލާތަކުން މާބޮޑު ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.