ރައީސް މުއިއްޒުގެ ދޮންމަންމައާ ގުޅޭ ގޮތުން ހެދި ޑޮކިއުމެންޓްރީއަށް އެމްއެމްސީގެ އެވޯޑެއް

މ
31 އޮކްޓޫބަރު 2024 09:48އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބޭއްވި މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމުގައި ތަހުގީގީ ދާއިރާ އިން ”އަދަދު“ ނޫހުން އުފެއްދި ”ސްކީލާން“ ޑޮކިއުމެންޓަރީއަށް އެވޯޑް ލިބިއްޖެ އެވެ.

އެ ޑޮކިއުމަންޓްރީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، ސްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ ޖީ ސްކީލާން، ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒު މައްޗަށް ކުރާ ތުހުމަތުތަކުގެ މައްޗަށް ހަދާފައިވާ ޑޮކިއުމަންޓްރީއެކެވެ.

އެ ޑޮކިއުމަންޓްރީ އަދަދު ނޫހުން ގެނެސްފައިވަނީ މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެކަމާއި ގުޅިގެން ރައީސް މުއިއްޒުގެ ސަޕޯޓަރުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވި އެވެ.

އެ ޑޮކިއުމެންޓަރީ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވީ އަދަދު ނޫހުގެ ނޫސްވެރިޔާ އަހުމަދު އާއިދެވެ. އެގޮތުން އެ ޑޮކިއުމެންޓަރީ ހެދުމަށް އަދަދުގެ ޓީމުން ލަންކާއަށް ގޮސް ސްކީލާން އުޅޭ ތަން ހޯދުމުގައިވެސް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.