"ހިޔާވަހި" ލޯން ސްކީމް ފަށައިފި، އިންޓަރެސްޓަކީ 5%؛ އަނބުރާ ދައްކަން 25 އަހަރު ލިބޭނެ

މ
5 ނޮވެމްބަރު 2024 11:492 މިނިޓުގެ ކިޔުން
Aa

ގެ ހަދަން ބޭނުންވެ ހަދަން ނުފެށިފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމަން އެހީވުމާއި، މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން މަގުފަހިކޮށްދިނުމެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމަށް ލުއި ގޮތެއްގައި ލޯނު ލިބޭނޭ ގޮތެއް ހަމަޖެއްސުމުގެ ވައުދުގެ ދަށުން، ’ހިޔާވަހި‘ ލޯން ސްކީމް އިފްތިތާހުކޮށްފައި ވަނީ އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ހަފުލާއެއްގަ އެވެ.

އެ ސްކީމްގެ ދަށުން ލޯނު ދޫކުރާނީ ތިން ގިންތިއަކުންނެވެ. އެއީ އަތޮޅުތެރޭ ރަށްރަށުގައި ގެ ހަދަން ދޫކުރާ ’ހިޔާވަހި ރަށްވެހި’، އާބަން ސެންޓަރުތަކުގައި ގެ ހަދަން ދޫކުރާ ’ހިޔާވަހި ސަހަރު‘ އަދި މާލެ ސަރަހައްދުގައި ގެ ހަދަން ހާއްސަކޮށް ދޫކުރާ ’ހިޔާވަހި ފުރަމާލެ‘ އެވެ.

ހިޔާވަހި ރަށްވެހި:

  • ދޫކުރާނީ ގިނަވެގެން އެއް މިލިއަން ރުފިޔާ

  • އިކުއިޓީއެއް ދައްކާކަށް ނުޖެހޭ

  • ނަމަވެސް މިނިސްޓްރީން ކަނޑައަޅާ އަގެއްގައި ބަންޑާރަ ގޯތި މިލްކުކުރަން ފީއެއް ދައްކަން ޖެހޭނެ

  • ލޯން ދޫކުރާނީ 25 އަހަރުން އަނބުރާ ދައްކާ ގޮތަށް ފަސް ޕަސެންޓް އިންޓަރެސްޓްގައި.

  • ލޯން ދޫކުރާނީ އެޗްޑީއެފްސީ މެދުވެރިކޮށް.

ހިޔާވަހި ސަހަރު:

  • ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ

  • ލޯނު ދޫކުރާނީ ބީއެމްއެލާއި އެމްއައިބީ މެދުވެރިކޮށް

  • ލޯން ދޫކުރާނީ 25 އަހަރުން އަނބުރާ ދައްކާ ގޮތަށް ފަސް ޕަސެންޓް އިންޓަރެސްޓްގައި

ހިޔާވަހި ފުރަމާލެ:

  • ހަ މިލިއަން ރުފިޔާ ދޫކުރާނެ

  • އިކުއިޓީއަށް 10 ޕަސެންޓް ނަގާނެ

  • ލޯން ދޫކުރާނީ 25 އަހަރުން އަނބުރާ ދައްކާ ގޮތަށް ފަސް ޕަސެންޓް އިންޓަރެސްޓްގައި

  • 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށްވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހެޅޭނެ

  • އެގޮތަށް ދޫކުރާ ލޯނުގައި 6 މިލިއަން ރުފިޔާގެ އިތުރަށް އިތުރުކުރާ ކޮންމެ ބިމަކަށް 1 މިލިއަން ރުފިޔާ ލިބޭނެ

ހިޔާވެހި ފައިނޭންސިން ސްކީމަށް ލޯނު ދޫކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ވަނީ ހާއްސަކޮށްފަ އެވެ. މި ސްކީމުގެ ބައިވެރިންނަކީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.