ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވީ 15 އަހަރުގެ ކުއްޖެއް، ރާއްޖެ އައީ ފެހުރިހި ދިރާސާކުރަން

މ
8 ނޮވެމްބަރު 2024 18:06އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އދ. ދިގުރަށް ކައިރިން ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވީ އުމުރުން 15 އަހަރުގެ ސިންގަޕޫރު ކުއްޖެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެ ކުއްޖާއަކީ ފެހުރިހީގެ ދިރާސާއެއް ހަދަން ރާއްޖެ އައިސް އުޅުނު ޓީމެއްގައި ހިމެނޭ ކުއްޖެއް ކަމަށެވެ.

އޭނާ ސްނޯކަލިންއަށް ގޮސް ދޯނިން މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަހަމުވެގެން، ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަކަމުގެ ރިޕޯޓެއް ލިބުނީ މިއަދު ހެނދުނު 9:55 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ކުއްޖާ މަރުވެފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތުދީފައިވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.