އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މަޖިލީހުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސްފޮޓޯ: މަޖިލިސް

އަރަބިއްޔާގެ މަސައްކަތް ނުފެށީ 80 މިލިއަން ރުފިޔާ ސަލާމަތްކުރަން: މިނިސްޓަރު

މ
6 ނޮވެމްބަރު 2024 12:541 މިނިޓުގެ ކިޔުން
Aa

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މަޖިލީހުގައި ވާހަކަ ދައްކަވަނީ.

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ނުފަށައި ލަސްކޮށްފައިވަނީ ދައުލަތުގެ ބަޖެޓުން 80 މިލިޔަން ރުފިޔާ ސަލާމަތްކުރަން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަފީއު ވިދާޅުވީ ޒަމާނީ ފެންވަރެއް އަރަބިއްޔާ ސްކޫލުގެ އިމާރާތް ހެދުމަށް ހުޅުވާލުމުން ކޮންޓްރެކްޓަރު ހުށަހަޅައިފައިވަނީ ބޮޑު އަގެއް ކަމަށެވެ. އެ އަގު ކުޑަކުރުމަށް ކޮންޓްރެކްޓަރާ އެއްކޮށް މަޝްވަރާކުރި ނަމަވެސް ނަތީޖާ ހާސިލުވެފައިނުވާ ކަމަށް ޝަފީއު ވިދާޅުވި އެވެ. އެހެންވެ އެކަމުގެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ވައުދާ އެއްގޮތަށް އަރަބިއްޔާގެ މަސައްކަތް ފެށެންހުރީ 80 މިލިއަން ރުފިޔާއަށް ކަމަށެވެ. އެއީ ރައްޔިތުންގެ ފައިސާއަށް ވުމުން އެހާ ބޮޑު އަގެއްގައި އެ މަސައްކަތް ކުރިއަށް ނުގެންގޮސް މަޑުޖައްސާލީ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އަރަބިއްޔާގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަ އިމާރާތުގައި އެ ކުދީންނަށް އެއްވެސް ގެއްލުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022 ގަ އެވެ. އެއީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އޭރު އެ ކުންފުންޏާ އެކު އެ ސަރުކާރުން އެއްބަސްވީ 168.5 މިލިއަން ރުފިޔާއަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.