ތިނެއް ނޫން، ފަހެއް ވެސް ނޫން، އަށް މީހުން އެއް ސައިކަލެއްގައި!

މ
17 ނޮވެމްބަރު 2024 09:421 މިނިޓުގެ ކިޔުން
Aa

އިންޑިއާގައި އަށް މީހުން އަރުވައިގެން ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވެއްޖެ އެވެ.

އުއްތަރަ ޕްރަދޭޝްގެ މަގެއްގެ މަތިން ދުއްވާފައި ދަނިކޮށް ފުލުހުން ހިފަހައްޓައިގެން އުޅެނިކޮށް ނަގާފައިވާ އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ސައިކަލުގައި ތިބީ ދެމަފިރިއަކާއި އެ މީހުންގެ ހަ ކުދިންނެވެ.

ފިރިހެން މީހާ ސައިކަލު ދުއްވަން އިންނައިރު، އޭނާގެ އަންހެނުން އިންނަނީ ފަހަތުގައެވެ. އަދި ތިން ކުއްޖަކު ފިރިހެން މީހާގެ ކުރިމައްޗަށް އަދި އިތުރު ދެ ކުއްޖަކު އަންހެން މީހާގެ ފަހަތުގައި އިންނައިރު، އޭގެ ތެރެއިން ކުއްޖެއްގެ އަތުގައި ތުއްތު ކުއްޖަކު އޮއްވައި ފެނެ އެވެ.

ސައިކަލަށް ހަމައެކަނި އަރާ ތިބީ އަށް މީހުންނެއްވެސް ނޫނެވެ. އެގޮތުން ދަނޑި ބޮޑިއަކާއި ކުއިލްޓަކާއި ގޮނދަޑިއެއް އަދި ބާލިދީއެއްވެސް އެ ސައިކަލުގައި ދިޔައީ އުފުލަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.