ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯ އާންމުކުރާނެ ކަމަށް ބުނެ ބިރުދެއްކި ފުލުހަކު ހައްޔަރުކޮށްފި

މ
14 ނޮވެމްބަރު 2024 12:251 މިނިޓުގެ ކިޔުން
Aa

ފުލުހަކު އޭނާގެ ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކުރާނެ ކަމަށް ބުނެ ބިރު ދައްކައި އިންޒާރުދިން މައްސަލައަކާ ގުޅިގެން ޕޮލިސް ރެކްރޫޓަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ އއ. މަތިވެރި، ފަޒާ، ޒައިދާން މުހައްމަދު އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މަތިވެރި މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ކަމަށާއި އެ ކޯޓުން ވަނީ އޭނާގެ ބަންދަށް ތިން ދުވަސް ޖަހައިފައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.