ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މައްސަލަ ބޮޑުވުމުން ލިސްޓު އަލުން މުރާޖާކުރަނީ

މ
14 ނޮވެމްބަރު 2024 15:101 މިނިޓުގެ ކިޔުން
Aa

ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި ބައެއް ކެންޑިޑޭޓުން ނުހިމަނާ ލިސްޓް އާންމުކުރުމުގެ މައްސަލަ ބޮޑުވެ، އަލުން ކެންޑިޑޭޓުންގެ ލިސްޓު އަލުން މުރާޖާކުރަން އެ ޕާޓީން ނިންމައި އެވެ.

ޕީއެންސީގެ ހުޅުމާލޭ ދެކުނު ދާއިރާއަށް ކުރިމަތިލި ޝަނީޒް ހާޝިމްގެ އޭނާގެ ފޭސްބުކް ކެމްޕެއިން ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ އިންތިހާބަކާ ނުލައި އެ ދާއިރާއަށް ކުރިމަތިލި އެހެން ކެންޑިޑޭޓަކަށް އެ ދާއިރާގެ ރައީސްކަން ދީފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވެސް ސޯޝަލް މީޑިއާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޕީއެންސީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުންގެ ލިސްޓުގައި އިދާރީ މައްސަލަތަކެއް ހުރިކަން މިހާރު ފާހަގަ ކުރެވިފައިވާ ކަމަށާއި އެހެންވެ ލިސްޓު އަލުން މުރާޖާ ކުރަމުންދާ ކަމަށެވެ.

ލިސްޓް މުރާޖާ ކުރުމަށްފަހު ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުންގެ ފުރިހަމަ ލިސްޓް އަންނަ ހޮނިހިރު ދުވަހު އާންމު ކުރާނެ ކަމަށް ޕީއެންސީން ބުންޏެވެ.

އެ އިންތިހާބަކީ މިހާތަނަށް ޕާޓީއެއްގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ. އެ އިންތިހާބުގައި 2،095 މަގާމަކަށް މީހުން އިންތިހާބު ކުރާނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.