"މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ" ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ދީފި

މ
14 ނޮވެމްބަރު 2024 15:481 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ“ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ދީފި އެވެ.

އީސީން މިއަދު ބުނީ ”މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ“ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ ގ. ކްރެބްޓްރީ، އަލީ އަހުމަދަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި ހޯދުމަށާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށް އީސީން ބުންޏެވެ. އަދި އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3،000 މީހުންގެ ފޯމު އެ ކޮމިޝަނަށް ހުށަހެޅުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށް އީސީން ބުންޏެވެ.

މި ވަގުތު އީސީގެ ދަފުތަރުގައި 11 ސިޔާސީ ޕާޓީ އެބައޮތެވެ. އެއީ, އެމްޑީޕީ، ޕީއެންސީ، ޕީޕީއެމް، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އެމްޓީޑީ، އެމްއެންޕީ، އެމްއާރްއެމް، ޑިމޮކްރެޓްސް އަދި ޕީއެންއެފްއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.