އެމްޑީޕީގެ ޓިކެޓުގައި މާލޭ ކައުންސިލަށް ހޮވުނުތާ ހަފުތާއެއް ފަހުން ޕީއެންސީ އަށް!

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލަށް ހޮވުނު އަހުމަދު ރިޝްވާން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް މިއަދު ސޮއިކޮށްފި އެވެ.

މި މަހުގެ 13 ވަނަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާގެ ބައި އިލެކްޝަން ރިޝްވާން ކާމިޔާބު ކުރެއްވީ 320 ވޯޓާއެކު އެވެ.

އެ ގޮނޑިއަކީ އެ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ތިން ދާއިރާއެއްގެ ބައި އިލެކްޝަންގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބުވި ހަމައެކަނި ގޮނޑި އެވެ. އަނެއް ދެ ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސް ޕާޓީން ކުރިމަތިލެއްވި ކެންޑިޑޭޓުންނެވެ.

ރިޝްވާން ޕީއެންސީއަށް ސޮއިކުރި ފޯމް އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރެއްވީ މިއަދު އެވެ. އެކަން އިއުލާންކޮށް ކޮންގްރެސް ޕާޓީން ވަނީ ރިޝްވާނަށް މަރުހަބާވެސް ކިޔައިފަ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް ހޮވުނު ރިޝްވާން ކޮންގްރެސް ޕާޓީއަށް މިއަދު ސޮއިކުރި އިރު، އޭނާ ކައުންސިލަރުގެ މަގާމުގެ ހުވާ ކުރައްވާނީ މިރެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.