މެންބަރުންގެ ކެއުމާއިސަޔާއި ބެހޭގޮތުން ބޭއްވި ކޮމިޓީ ސިއްރުކޮށްފި

މ
18 ނޮވެމްބަރު 2024 17:101 މިނިޓުގެ ކިޔުން
Aa

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކަށް ގެންނަ ސަޔާއި ކެއުމާގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދ ބޭއްވި މަޖިލީހުގެ އާނުމު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

އާންމު ކޮމިޓީގެ މި ބައްދަލުވުމުގައި މެންބަރުންގެ ކެއުމާއި ސައި ބަހައްޓަންޖެހޭނީ މަޖިލިސް މުވައްޒިފުންނާ ތަފާތު ކޮށްތޯ، ސުވާލު ކުރެއްވުމަށްފަހު، ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. އެކަމަށް ތާއީދު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފެވެ.

އެއަށްފަހު ކޮމިޓީ ސިއްރު ކުރަން ފާސްކުރިއެވެ.

މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ މެންބަރުންގެ ކެއުމަށް ކޮންމެ މެންބަރަކަށް ދުވާލަކު 159.87 ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.