ހޯރަފުށީގައި ހަދަން ފެށި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒު އިމާރާތްކޮށް ނިންމާލައިފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއު ނިންމާލާފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

ޖުމުލަ 6.15 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އޮކްޓޯބަރު 2022ގަ އެވެ.

އެ މަޝްރޫއުގެ ދަށުން ގްރައުންޑް މަސައްކަތާއި ކޮންކްރީޓް މަސައްކަތާއި މޭޝަނަރީ އަދި ޕްލާސްޓަރިން މަސައްކަަތްތަކާއި ފުރާޅު އަދި ސީލިން މަސައްކަތްތަކާއި ދޮރާއި ކުޑަދޮރު ހަރުކުރުމާއި ފިނިޝިން މަސައްކަތްތަކާއި މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިން މަސައްކަތްތަކާއި އަލިފާން ނިއްވާ ސިސްޓަމް ވަނީ ހަރުކޮށްފަ އެވެ.

މި އިމާރާތަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނުކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް އެ ކުދިން ބޭތިއްބުމަށް ހަދާ މަރުކަޒެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.