ބޮަޑު ޑްރަގް ބަސްޓެއް! ލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

މ
24 ނޮވެމްބަރު 2024 18:341 މިނިޓުގެ ކިޔުން
Aa

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

އިސްކަންދަރު ކޮށިގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ އެމްއެންޑީއެފަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯސްޓްގާޑުން އެ ބޯޓު ހިފެހެއްޓީ ހދ. މަކުނުދޫގެ ބޭރުން ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ.

ލަންކާގެ ފަސް ފިރިހެނުން ތިބި އެ ބޯޓު މިއަދު ހެނދުނު ހދ. ކުޅުދުއްފުށި ބަނދަރަށް ގެންގޮސް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އެ އުޅަނދު ބަލައި ފާސްކުރުމުން ޖުމްލަ 468.6 ކިލޯގެ ޑުރަގް ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ މެތްއާއި 124.6 ކިލޯގެ ކޮކެއިން ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓް ޔުނިޓާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަން ގުޅިގެން މި މައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.