އާރުޓީއެލް ފެރީއެއްގެ ތެރެއަށް އަންހެނަކު ވިހައިފި, ކުއްޖާ ފުރާނަ ސަލާމަތެއް ނުވި

މ
18 ނޮވެމްބަރު 2024 21:051 މިނިޓުގެ ކިޔުން
Aa

ގދ. ތިނަދޫއަށް މިއަދު ދަތުރުކުރި އާރުޓީއެލް ފެރީއެއްގެ ތެރެއަށް އަންހެނަކު ވިހައިފި އެވެ.

ހަފުތާ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ވިހާފައިވަނީ ގދ. ވާދޫން ތިނަދުއަށް ދަތުރުކުރި ފެރީގައި ދަތުރުކުރި ބިދޭސީ އަންހެނެކެވެ.

އޭނާ ވިހެއިއިރު ބަނޑަށް ވެފައި އިނީ އެންމެ 17 ހަފުތާ ކަމަށާއި ކުއްޖާ ވިހެއި އިރުވެސް އެކުއްޖާ މަރުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދަކީ މޫސުން ގޯސްދުވަހެއް ކަމުން އެ އަންހެން މީހާ ދަތުރުކުރުން އެހާ ރައްކާތެރިނޫން ކަމަށް އޭނާއަށް އެންގި އެވެ.

ނަމަވެސް ދަތުރުކުރަން ބޭނުންވާތީ އޭނާ އާއެކު ދަތުރުކުރުމަށް ވާދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރަކާ ނަރުހަކު ހަމަޖެއްސި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.