ކުޑަކުއްޖަކަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތަށް 51 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މ
26 ނޮވެމްބަރު 2024 09:431 މިނިޓުގެ ކިޔުން
Aa

މެދުރާއްޖޭގެ ރަށެއްގައި އުމުރުން 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން 51 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އެ ހާދިސާ ހިނގައިފައިވަނީ ސައުތް ސެންޓްރަލް ޕޮލިސްގައި ހިމެނޭ އަތޮޅެއްގެ ރަށެއްގައި ކަމަށެވެ.

ސައުތް ސެންޓްރަލް ޕޮލިސްގައި ހިމެނެނީ މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު އަދި ތ. އަތޮޅު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.