އެކަނިވެރި މައިން/ ބަފައިންގެ އެލަވެންސް ދޭން ނުޖެހޭ 12 މީހަކަށް 1 މިލިއަން ރުފިޔާ ދީފައިވޭ: އޮޑިޓް

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ އެލަވަންސް ދޭން ނުޖެހޭ 12 ފަރާތަކަށް ދީފައިވާކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ 2022 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުންނެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، އެންސްޕާ އިން އެކަނިވެރި މައިން ނުވަތަ ބަފައިންގެ އެލަވަންސް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބެލުމަށްޓަކައި، އެ އެހީ ލިބުނު ބައެއް މީހުންގެ ލިސްޓެއް ފެމިލީ ކޯޓަށް ފޮނުވައި އެ މީހުން ކައިވެންޏެއް ކޮށްފައިވޭތޯއާއި ކައިވެނިކޮށްފައިވާ ނަމަ، ކައިވެނި ކުރި ތާރީހު ހޯދާފައިވާނެ ކަމަށެވެ.

ފެމިލީ ކޯޓުން ހޯދި މައުލޫމާތަށް ބަލާއިރު އެކަނިވެރި މައިން ނުވަތަ ބަފައިންގެ އެލަވަންސް ދީފައިވާ ބައެއް މީހުންނަކީ އެހީ ދީފައިވާ މުއްދަތުގައި ކައިވެނިކޮށްގެން އުޅޭ ފަރާތްތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

އެގޮތުން އެ އެލަވަންސް ދޭން ނުޖެހޭ 12 މީހަކަށް ޖުމުލަ އެއް މިލިއަން ރުފިޔާ 31 އޮގަސްޓް 2023ގެ ނިޔަލަށް ދީފައިވާކަން ފާހަގަކުރެވުނު ކަމަށް ބުންޏެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ، އެކަން އެހެން ދިމާވަނީ ކައިވެންޏާއި ވަރީގެ މައުލޫމާޓު ފެމިލީ ކޯޓުން/ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ގަވާއިދުން ހޯދާ އެ އެލަވަންސް ދޭ މީހުންގެ ސައްހަކަން ބެލުމަށްޓަކައި އިންތިޒާމުތައް ހަމަޖައްސާފައި ނުވާތީ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.