ކާރުގައި ރޯކޮށްލި ކަމަށް ތުހުމަތުވާ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

މ
29 ނޮވެމްބަރު 2024 21:131 މިނިޓުގެ ކިޔުން
Aa

ސިނަމާލެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުގައި ބޭއްތިބުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ސިނަމާލެ 1 ޕާކިން ޒޯނުގައި އޮތް ކާރެއްގައި އަލިފާން ރޯކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު 6:25 ހާއިރު އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. އަރާރަތްކުރި، ހާލިދު މަހްމޫދު 35، އާއި އދ. މާމިގިލީ، ބްލޫވިންޑް ހަސަން ނަސީމް 31، އެވެ. ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ދެ މީހުން ތަހުގީގުގެ ބޭނުމަށް ކޯޓުގެ އަމުރަށް ބަންދުކޮށްފައިވީ ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ދީފައިނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.