ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މ
30 ނޮވެމްބަރު 2024 12:481 މިނިޓުގެ ކިޔުން
Aa

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

މިއަދު ހަވީރު 6:30 އާ ހަމައަށް ނެރެފައިވާ އެ ސަމާލުގައި ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.

މެޓް އޮފީހުން ބުނީ، މާދަމާ ހެނދުނު 10:00 އަށް ނެރެފައިވާ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެ އެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 4-7 ފޫޓާ ދެމެދުގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.