ކޮމަންޑޫގެ ފަޅުގެއަކަށް ހަތަރު ލައްކަ ރުފިޔާގެ ކަރަންޓު ބިލެއް!

މ
27 ނޮވެމްބަރު 2024 23:411 މިނިޓުގެ ކިޔުން
Aa

ށ. ކޮމަންޑޫ

ފެނަކަ ކޯޕަރޭޝަނަށް އޮޅިގެން ށ. ކޮމަންޑޫގެ ފަޅުގެއަކަށް ހަތަރު ލައްކަ ރުފިޔާގެ ކަރަންޓު ބިލެއް ފޮނުވިއްޖެ އެވެ.

ކޮމަންޑޫ ފެނަކަ ބްރާންޗުން އެ ރަށުގައި ހުންނަ ޑައިޒީވިލާ ނަމަކަށް ކިޔާ ފަޅުގެއަށް ފޮނުވި ބިލުން ދައްކާ ގޮތުގައި އެ ގޭގެ ކަރަންޓު ބިލަށް ވަނީ 412،648.27 ރުފިޔާ އަރައިފަ އެވެ. އެ ބިލު މުއްދަތު ހަވަމާ ތާރީހެއްގެ ގޮތުގައި އޮތީ އަންނަ މަހުގެ އަށްވަނަ ދުވަހަށެވެ.

އެ ބިލުގައި މިދިޔަ އޮކްޓޯބަރު މަހު ނަގާފައިވާ ރީޑިންއަކާއި މި މަހު ނެގި ރީޑިން އިން، އެ ގެއިން ގިނައިން ކަރަންޓު ބޭނުންކޮށްފައިވާ ކަމަށް ދައްކަ އެވެ.

އެ ބިލާ ގުޅޭ ގޮތުން ފެނަކަ އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބިލަކީ އަލަށް އިންސްޓޯލް ކުރެވުނު މީޓަރެއްގެ ރީޑީން އެޅުމުގައި ދިމާވި ކުށަކާ ގުޅިގެން ހެދުނު ބިލެއް ކަމަށާއި އެ ބިލުގެ މައްސަލަ ފާހަގަކުރެވިގެން، މިހާރު ވާނީ ކަސްޓަމަރަށް ގުޅައި ބިލު އިސްލާހުކުރުމަށްފަހު ރަނގަޅު ބިލު ފޮނުވާފައި ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.