އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލި ޒުވާނަކު ހައްޔަރުކޮށްފި

މ
30 ނޮވެމްބަރު 2024 23:331 މިނިޓުގެ ކިޔުން
Aa

ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭގައި ބާރު ސްޕީޑުގައި ގަވާއިދާ ހިލާފަށް އޯވާ ޓޭކް ކުރި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި އިއްޔެ މެންދުރުފަހު 2:43 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެއީ އަންހެނަކާއި ފިރިހެނެއް ކަމަށާއި އެތަނުން އަންހެން މީހާއަށް ހޮސްޕިޓަލުގައި އަދިވެސް ފަރުވާދެމުން އަންނައިރު، ފިރިހެން މީހާ ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.

އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބ. އޭދަފުށި/ ފަސްމީރުގެ، ޝުނާން މުހައްމަދު، 22އ އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ އެކްސިޑެންޓްވުމުންވެސް މަޑުނުކޮށް ދިއުމުން ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ހާޒިރު ކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.