މަންމައާއި ކޮއްކޮއަށް ވަޅިން ހަމަލާދޭން އިންޒާރުދިން މީހަކު ހަތް ދުވަހަށް ބަންދުކޮށްފި

މ
1 ޑިސެމްބަރު 2024 10:151 މިނިޓުގެ ކިޔުން
Aa

މަންމައާއި ކޮއްކޮއަށް ވަޅިން ހަމަލާދޭނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ހަތް ދުވަހަށް ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ކަސްޓޯޑިއަލް ޖަލެއްގައ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުހައްމަދު ޝަފީގު، ވ. ހުވަފެން،32، އެވެ.

ފުލުހުން ކޯޓުގައި ބުނީ ޝަފީގުގެ ކޮޓަރިން ދެވަޅި ފެނުނު ކަމަށެވެެ. ކޮޓަރީގައި ޝަފީގު ވަޅި ގެންގުޅުނީ ބިރު ދައްކައި އިންޒާރު ދިނުމަށް ކަމަށް ފުލުހުން ބުންޏެވެ.

މަންމައާއި ކޮއްކޮއަށް އިންޒާރު ދިނީ އޭނާގެ ބުނުމަށް މަންމަ އާއި ކޮއްކޮ ފައިސާ ނުދިނުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅައިފައިވާތީ ކޯޓުން ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަަކައި އޭނާ ހަތް ދުވަހަށް ބަންދު ކުރުމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.