ކާރެއްގައި ރޯކޮށްލި މައްސަލައިގައި ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފި

މ
28 ނޮވެމްބަރު 2024 11:351 މިނިޓުގެ ކިޔުން
Aa

މާލޭގައި ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މ. އަރާރަތްކުރި، ހާލިދު މަހުމޫދު 35އ އާއި އދ. މާމިގިލި، ބްލޫވިންްޑް، ހަސަން ނަސީމް 31އ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ހައްޔަރުކުރީ ބުރުޒުމަގު ސިނަމާލެ 1، ޕާކިން ޒޯންގައި ޕާކްކޮށްފައި އޮތް ކާރެއްގައި މިމަހުގެ 25 ވަނަ ދުވަހުގެ އިރުއޮއްސި 6:25 ހާއިރު އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެމީހުން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.