ކޭޝްފްލޯ ރަނގަޅުކުރަން ފެނަކައިން ހުށަހެޅި ހައްލު: މުވައްޒަފުން ވަކިކޮށް 22 މިލިއަން ސަލާމަތްކުރުން

މ
3 ޑިސެމްބަރު 2024 21:131 މިނިޓުގެ ކިޔުން
Aa

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްނުދެވި، ހާލަތު އިތުރަށް ގޯސްވެދާނެތީ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ހައްލުތަކެއް ހުށަހަޅައިފި އެވެ.

ފެނަކައިން މިއަދު އާންމުކުރި އެ ކުންފުނީގެ މާލީ ހާލަތާއި ގުޅޭ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކުންފުނި ހަމަމަގަށް އެޅުވުމަށްޓަކައި ސަރުކާރުގެ އެހީތެރިކަން ބޭނުންވެ އެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި އެ ކުންފުނީގެ ކޭޝްފްލޯ ރަނގަޅުކޮށް އޮޕަރޭޝަން ހަރުދަނާ ކުރުމަށްޓަކައި އެ ކުންފުނިން ވަނީ 11 ހައްލެއް ހުށަހަޅައިފަ އެވެ.

ފެނަކަ އިން ބުނީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް މިހާރު މަހަކު 79 މިލިއަން ހަރަދުވާ ކަމަށެވެ. އެކަން ހައްލުކުރުމަށް އެ ކުންފުނިން ވަނީ މުވައްޒަފުންގެ އޮނިގަނޑު ރީސްޓްރަކްޗާ ކުރުމަށް ހުށަހަޅައިފަ އެވެ.

އެގޮތުން ކުންފުންޏަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ނަގާފައިވާ މުވައްޒަފުން ދޫކޮށް، ޕީސީބީން 4 ނޮވެމްބަރު 2024ގެ ސިޓީގައި ލަފާ ދީފައިވާ ގޮތަށް ޖުމުލަ އާމްދަނީ 30 ޕަސެންޓަށްވުރެ މުވައްޒަފުން އިތުރު ނުކުރަން ފެނަކައިން ވަނީ ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން ރީސްޓްރަކްޗާ ޕްރޮސެސްގެ ތެރެއިން ރިޑަންޑަންޓް ކުރާ މުވައްޒަފުންނަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ 30 މިލިއަން ރުފިޔާ ހަމަޖައްސައި ދިނުމަށްވެސް އެދިފައިވެ އެވެ.

ފެނަކަ އިން ބުނީ، އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ރައިޓް-ސައިޒް ކޮށްގެން މަހެއްގެ މައްޗަށް 22.6 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.