މިއަދު ބާއްވަން އުޅުނު މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި

މ
4 ޑިސެމްބަރު 2024 10:301 މިނިޓުގެ ކިޔުން
Aa

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު އޮންނާނެ ކަމަށް ބުނުމަށް ފަހު، އެ ޖަލްސާ ކެންސަލްކޮށްފި އެވެ.

މަޖިލީހުގެ މީޑިއާ ގްރޫޕުގައި ޖަލްސާ ނުބާއްވަނީތޯ ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި މަޖިލީހުގެ އޮފިޝަލަކު ވިދާޅުވީ ދެން ޖަލްސާއެއް އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ. އެއާ ގުޅޭ އިތުރު ތަފުސީލެއް ނުދެ އެވެ.

އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން މިއަދު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ވިދާޅުވީ އޭރު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

މަޖިލީހުގެ މި ދައުރު މި މަހުގެ 15 އާ ހަމައަށް ދަންމާލީ ކުރަން ހުރި ބައެއް މަސައްކަތްތައް ނިންމާލަން ކަމަށް ބުނެ އެވެ. މިކަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.