ސިއްރު ފެންފުށި ރިސޯޓުން ކުނި ނެގުމުގެ މަސައްކަތާ ވެމްކޯއިން ހަވާލުވެއްޖެ

މ
28 ނޮވެމްބަރު 2024 22:371 މިނިޓުގެ ކިޔުން
Aa

ސިއްރު ފެންފުށި ލެގޫން ރިސޯޓުގެ ކުނި ނެގުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސިއްރު ފެންފުށި ރިސޯޓާއި ވެމްކޯއާ ދެމެދު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ވެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.

ވެމްކޯ އިން މިއަދު ބުނީ މިއީ އެ ކުންފުނިން ކުނި ނެގުމުގެ ހިދުމަތް ދޭން ފަށާ ނުވަވަނަ ރިސޯޓު ކަމަށެވެ.

ވެމްކޯގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ރިސޯޓުތަކުގެ ކުނި ނެގުމުގެ ހިދުމަތް ވެމްކޯ އިން ފެށީ މި އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.