1.88 މިލިއަން ޓޫރިސްޓުންނާއެކު މިދިޔަ އަހަރުގެ ރެކޯޑް މުގުރާލައި އާ ރެކޯޑެއް!

މ
8 ޑިސެމްބަރު 2024 21:311 މިނިޓުގެ ކިޔުން
Aa

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް

މި އަހަރު 1.88 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށް، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ރެކޯޑް މުގުރާލައި، އާ ރެކޯޑެއް ހަދައިފި އެވެ.

އިމިގްރޭޝަނުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ ނިޔަލަށް 1.88 މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެއަށް އައިސްފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމުލަ އަދަދަކީ 1.87 މިލިއަން ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ ޖުމުލަ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 8.7 ޕަސެންޓް އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1.7 މިލިއަން ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން މި އަހަރަށް ކަނޑައެޅި އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.