ދިވެހި ބަހުގެ އެކެޑެމީގެ ހިންގުން އޮގަރު ވަހީދުއާ ހަވާލުކޮށްފި

މ
8 ޑިސެމްބަރު 2024 21:441 މިނިޓުގެ ކިޔުން
Aa

ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގާ ދިވެހި ބަހުގެ އެކެޑަމީ ހިންގުމުގެ މަސައްކަތް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު)އާ ހަވާލުކޮށްފި އެވެ.

އެ މިނިސްޓްރީގެ މުވައްޒަފުންނަށް މި މަހު ފަހެއްގައި ފޮނުވި އިންޓާނަލް މެމޯއެއްގައި ބުނެފައި ވަނީ އޮގަރު ވަހީދުއާ، ދިވެހި ބަހުގެ އެކެޑަމީ ހިންގަން ހަވާލުކުރީ އެ އިދާރާ ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. އެހެންވެ ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން ދިވެހި އެކެޑަމީގެ ހުރިހާ މަސައްކަތެއް ދެން ބަލަހައްޓަމުންދާނީ އޮގަރު ވަހީދު ކަމަށްވެސް އެ މެމޯގައިވެ އެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސްގެ މަގާމުގައި މި ވަގުތު ހުންނެވީ ޑރ. އަޝްރަފު އަބްދުއްރަހީމް އެވެ. ނަމަވެސް އަޝްރަފްގެ މަތިން ބޮޑެތި ޒިންމާތަކެއް އޮގަރު ވަހީދުއާ ހަވާލުކުރި ސަބަބެއް ނޭނގެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.