ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވެ އަނދަނީ

މ
12 ޑިސެމްބަރު 2024 09:181 މިނިޓުގެ ކިޔުން
Aa

ހައުސިން މިނިސްޓްރީ ހުންނަ މ. ގްރީން ބިލްޑިން އިމާރާތުގައި އަލިފާން ރޯވެއްޖެ އެވެ.

އަލިފާން ރޯވިތާ ގަނޑިއެއްހާއިރު ވެފައިވާއިރު އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެ އެވެ. އިމާރާތުގެ ބައެއްގައި ރޯވި ނަމަވެސް މިހާރު ވަނީ ހައުސިން މިނިސްޓްރީ ހިންގާ މުޅި އިމާރާތަށް އަލިފާންގަނޑު ފެތުރިފަ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ އިމާރާތް ވަަށައިގެން ހުރި އެހެން އިމާރާތްތަކުން ވެސް މިހާރު މީހުން ހުސްކޮށްފައިވާ ކަމަށެވެ. މިހާރު ބޮޑަށް މަސައްކަތް ކުރަމުން ދަނީ އެހެން އިމާރާތްތަކަށް އަލިފާން ފޯރިޔަ ނުދިމުމަށް ކަމަށް ވެސް ބުންޏެވެ.

މިހާދިސާގެ ސަބަބުން މުޅި ސަރަހައްދަށް ވަނީ ދުމުގެ އަސަރު ކޮށްފަ އެވެ. އަލިފާން ރޯވާން ދިމާވި ސަބަބު އަދި ސާފެއް ނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.