ލަންކާގައި މީދަލުން ޖެހޭ ހުމެއް ފެތުރެނީ، މިހާތަނަށް 7 މަރު!

މ
12 ޑިސެމްބަރު 2024 13:591 މިނިޓުގެ ކިޔުން
Aa

ސްރީ ލަންކާގެ އުތުރުގައި އޮންނަ ޖަފްނާގައި މީދަލުން ޖެހޭ ހުމެއް ފެތުރެން ފަށައިފި އެވެ.

ޖަފްނާ ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ. ޓީ ސަތްޔަމޫތީ ވިދާޅުވި ގޮތުގައި އެ ބަލީގައި މިހާތަނަށް ހަތްމީހަކު ވަނީ މަރުވެފަ އެވެ. އުމުރުން 20 އަހަރާއި 65 އަހަރާ ދެމެދުގެ އެ މީހުން މަރުވީ ހުންޖެހި، ނޭވާލުމުގެ މައްސަލަތަކެއް ދިމާވެގެން ކަމަށްވެސް ވިދާޅުވި އެވެ.

ޖަފްނާގައި ފެތުރެމުންދަނީ ކޮން ކަހަލަ ހުމެއް ކަމެއް ކުރިއަކުން ނޭނގެ އެވެ. އެހެންވެ އެކަން ޔަގީން ކުރަން މަރުވި މީހުންގެ ލޭގެ ސާމްޕަލް ކޮލަމްބޯއަށް ފޮނުވި އެވެ.

ލަންކާގެ ހެލްތް މިނިސްޓްރީން މިއަދު ވަނީ ޖަފްނާގައި ފެތުރެމުން ދަނީ ލެޕްޓޯސްޕައިރޯސިސް ނުވަތަ މީދަލުގެ ޒަރިއްޔާ އިން ޖެހޭ ހުންކަން ކަށަވަރުކޮށްދީފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.