ހިޔާ ޓަވަރެއްގެ 13 ވަނަ ބުރިން ވެއްޓި، ކުއްޖަކު މަރުވެއްޖެ

މ
13 ޑިސެމްބަރު 2024 09:111 މިނިޓުގެ ކިޔުން
Aa

ހުޅުމާލެ 2ގެ ހިޔާ ޓަވަރު ސަރަހައްދު

ހިޔާ ޓަވަރެއްގެ 13 ވަނަ ފަންްގިފިލާއިން ވެއްޓި، ކުއްޖަކު މަރުވެއްޖެއެވެ

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހިޔާ ޓަވަރު 5 އިން ކުއްޖަކު ވެއްޓިފައިވާކަމުގެ މައުލޫމާތު މިރޭ 1:26 ހާއިރު ލިބިފައިވާ ކަމަށެވެ.

ހިޔާގެ އެ ޓަވަރުން ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށާއި އެ ކުއްޖާ ވެއްޓިފައިވަނީ 13 ވަނަ ފަންގިފިލާ އިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ކުއްޖާ ހޮސްޕިޓަކަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.