ރައީސް މުއިއްޒު އަޒުލު ކުރަން ނިންމައި އެމްޑީޕީން ސޮއި ހަމަކޮށްފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ރައީސް މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ވަރަށް ސޮއި ހަމަކޮށް، އެ މަނިކުފާނު މަގާމުން ވަކިކުރުމުގެ މަސައްކަތް އިދިކޮޅުން ފަށައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ވައްދަން، މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. އަދި އެކަމަށް ބޭނުންވާ ސޮއި ހަމަކުރީ ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުންނާއެކު ކަމަށް އެނގިފައިވެ އެވެ.

ރައީސް އަޒުލު ކުރުމުގެ މަސައްކަތް އިދިކޮޅު ޕާޓީތަކުން މި ފެށީ، ކެބިނެޓުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމުމުން ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުއްޓުވާފައި ވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަޅަން ބޭނުން ވަނީ 26 ސޮއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަޅަން މިހާތަނަށް 34 މެމްބަރަކު ވަނީ ސޮއިކުރައްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.