ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ 10:15 ހާއިރު ފުވައްމުލަކު ބޮޑުފަންނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވީ ފުވައްމުލަކު/ އާސްމާނުގެ، އިބްރާހިމް ސިމާނު، 30އ. އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ފާރެއްގައި ޖެހިގެންނެވެ.

އެ މީހާ މިދިޔަ އާދިއްތަ ދުވަހު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ. އައިޖީއެމްއެޗުގައި އޭނާއަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގަ އެވެ. އެ މީހާ މަރުވީ މިއަދު ހެނދުނު 8:30 ހާއިރެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.