މާމިގިލީ ހޮސްޕިޓާ ތަރައްގީކުރުމުގެ މަޝްރޫއު މި އަހަރު ފަށާނަން: ރައީސް

މ
14 ޑިސެމްބަރު 2024 23:211 މިނިޓުގެ ކިޔުން
Aa

އދ. މާމިގިލީ ހޮސްޕިޓާ ތަރައްގީކުރުމުގެ މަޝްރޫއު މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެގޮތަށް ވިދާޅުވީ، އދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާމިގިލީ ކައުންސިލާއި އެ ރަށުގެ އ.ތ.މ ކޮމިޓީގެ މެންބަރުންނާއެކު ދަނގެތި ކައުންސިލް އިދާރާގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުވުމުގައި މާމިގިލީ ކައުންސިލުން ވަނީ ހޮސްޕިޓާ ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން ބަނދަރާއި މަގު ހެދުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ރަށުގެ ޕޮލިސް ސްޓޭޝަން ހިންގުމަށް އިމާރާތެއް ބޭނުންވާކަންވެސް ފާހަގަކުރެއްވި އެވެ.

ރައީސް އޮފީހުން ބުނީ، މިއަދުގެ ބައްދަލުކުރެއްވުމުގައި މާމިގިލީގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ދެއްވި ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.