އުޝާމާއި ޝަހީމު އަދި ހައިދަރަށް ރުހުމެއް ނުދިން، ޒަމީރާއި ސައީދު ސަލާމަތްވެއްޖެ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމައިފި އެވެ.

މި ތިން ބޭފުޅުންނަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމި ތިން ބޭފުޅުންނެވެ. މި ބޭފުޅުންގެ ތެރެއިން ޑިމޮކްރެޓްސް އިން ދެން ރުހުން ނުދޭން ނިންމީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ. އެމްޑީޕީން ރުހުން ނުދޭން ނިންމީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށެވެ.

އުޝާމަށް ރުހުން ދޭން ނެގި ވޯޓުގައި އޭނާއަށް ރުހުން ނުދޭން 44 މެންބަރުން ވޯޓު ދެއްވި އެވެ. ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެންބަރުންނެވެ.

ޝަހީމަށް ރުހުން ލިބިވަޑައިނުގެންނެވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. އެގޮތުން އޭނާއަށް ރުހުން ނުދޭން 31 މެންބަރުން ވޯޓު ދެއްވި އިރު، ރުހުން ދޭން 30 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ އަށް މެންބަރުން ތިއްބެވި އެވެ.

އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި ހައިދަރަށް ރުހުން ދޭން ނެގި ވޯޓުގައި އޭނާއަށް ރުހުން ނުދޭން 46 މެންބަރުން ވޯޓު ދެއްވި އިރު، ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެންބަރުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.