ޕީއެސްއެމް އިން ބޭއަދަބީ މަންޒަރުތަކެއް ދައްކައިފި، މާފަށް އެދި ދެ މުވައްޒަފަކު ސަސްޕެންޑް!

މ
15 ޑިސެމްބަރު 2024 00:031 މިނިޓުގެ ކިޔުން
Aa

ޕީއެސްއެމް ނިއުސް އިން ގެނެސްދިން އިނގިރޭސި ހަބަރުގެ ސެގްމަންޓެއްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާތީ އެކަމަށް ޕީއެސްއެމް އިން މައާފަށް އެދިއްޖެ އެވެ

ބޭއަދަބީ މަންޒަރުތަކެއް ދެއްކީ ޕީއެސްއެމް ނިއުސްއިން މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑު 7:00 ގައި ގެނެސްދިން އިނގިރޭސި ހަބަރުގަ އެވެ.

މިކަމާ ގުޅިގެން ޕީއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކަމަކީ ކުންފުނީގެ ކޮންޓެންޓް ޕޮލިސީއާ އެޑިޓޯރިއަލް ޕޮލިސީއާ ހިލާފު ސީރިއަށް މައްސަލައެއް ކަމަށެވެ. އެހެންކަމުން މިކަމުގައި ޝާމިލުވާ ފަރާތްތަކާމެދު އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

ޕީއެސްއެމް އިން ބުނީ އެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހު އިހުމާލުވި ދެ މުވައްޒަފަކު ސަސްޕެންޑްކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުންފުނީގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ އިތުރުން ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓުތަކުގައި މިހާރު އަމަލުކުރަމުން އަންނަ އެސްއޯޕީތައް އިސްލާހުކޮށް އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކުންފުނީގެ އޮޕަރޭޝަނަލް ކަންކަން ތަރުތީބު ކުރަމުންދާ ކަމަށްވެސް ޕީއެސްއެމް އިން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.