ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާވެއްޖެ، ބޭނުންކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ!

މ
15 ޑިސެމްބަރު 2024 00:201 މިނިޓުގެ ކިޔުން
Aa

ވޭޕާއި ވޭޕް ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވިޔަފާރި ކުރުން މަނާކުރުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި ބަދަލަށް މިރޭ 12:00 އިން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

އެހެންކަމުން، މިރޭ 12 އިން ފެށިގެން ވޭޕް ވިއްކުން އަދި ބޭނުންކުރުން ވެސް ވަނީ މަނާވެފަ އެވެ.

ގާނޫނަށް ގެނައި ބަދަލަށް މިރޭން ފެށިގެން އަމަލުކުރަން ފެށުމުން ވޭޕް ބޭނުންކޮށްފި ނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. މީގެ އިތުރުން ވޭޕްގެ ބާވަތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ވެސް އަންނާނެ އެވެ. މީހަކަށް ހިލޭ ވޭޕެއް ދިނަސް 10،000 ރުފިޔާ އިން ޖޫރިމަނާ ކުރެވެ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ގާނޫނުގައި ހިމަނާފައިވާއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.