އުސޫލުން ބޭރުން އޭސީޕީ ރަޖުނީ ވިނަރެސް ފުލެޓް ހޯދި ކަމަށް ތުހުމަތުވާ މައްސަލަ ބަލަނީ

މ
21 ޑިސެމްބަރު 2024 14:561 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ އިކޮނޮމިކް ކްރައިމްގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރަޖުނީ ޝުއައިބު، އުސޫލުން ބޭރުން ވިނަރެސް ފުލެޓް ހޯދި ކަމަށް ތުހުމަތުވާ މައްސަލަ ބަލަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޖުނީ އާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ރަޖުނީގެ މައްސަލަ ފެންމަތިވީ، ގޯތި ވައްކަމުގެ ތަހުގީގާ ގުޅޭ މައުލޫމާތު ދޭން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެވެ.

”ހަސަން ކުރުސީ“ ގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން އިއްޔެ ލީކުކޮށްލި ވިނަރެސް ލިސްޓުގައި ރަޖުނީގދ އިތުރުން އެހެން ބައެއް ފުލުހުން ވެސް ހިމެނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.