އަނެއްކާވެސް ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މ
22 ޑިސެމްބަރު 2024 10:111 މިނިޓުގެ ކިޔުން
Aa

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ރޭ ފެނިގެން މައްސަލަ ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ގަލޮޅުގައި ހުންނަ ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ ދަންވަރު 1:27 އެހާކަންހާއިރު ކަމަށެވެ.

އެ މީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައި ވަނީ ދާއޫދު ޝިމްރީޒް، 45، ގ. ބިއުޓީ ވިލާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ގަލޮޅުގައި ހުންނަ ގެއެއްގެ ތެރެއިން އިއްޔެ ހަވީރު ވެސް ވަނީ މަރުވެފައި އޮތް މީހަކު ފެނިފަ އެވެ. ނަމަވެސް، ރޭ މީހަކު ފެނުނީ އެހެން ގެއަކުން ކަމަށް ފުލުހުން މިއަދު ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.