ޖަމިއްޔަތުއް ސަލަފުން އަލީ ރަމީޒް އިސްތިއުފާ ދީފި

މ
22 ޑިސެމްބަރު 2024 10:181 މިނިޓުގެ ކިޔުން
Aa

އަލީ ރަމީޒު ޖަމިއްޔަތުއް ސަލަފުން އިއްޔެ އިސްތިއުފާދީފި އެވެ.

އަލީ ރަމީޒު އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ބުނީ ސަލަފު ޖަމިއްޔާއިން އިސްތިއުފާދީފައިވާ ކަމަށެވެ. އެ ކަމާ ގުޅޭ އިތުރު ތަފުސީލު އޭނާ ހިއްސާކޮށްފައެއް ނުވެ އެވެ.

އަލީ ރަމީޒު ވަނީ ޖަމިއްޔަތުއް ސަލަފްގެ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ. އަދި އަލީ ރަމީޒަކީ ސަލަފު ޖަމިއްޔާގެ އެއް މުއައްސިސެވެ.

އަލީ ރަމީޒު ދިވެހިންގެ ތެރޭގައި ފުރަތަމަ މަޝްހޫރުވީ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް، ފަހުން ލަވަކިޔުން ހުއްޓާލައި އޭނާ ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކޮށްފަ އެވެ.

ސަލަފް އަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާގައި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ހަރަކާތްތެރި ވާއިރު، ފާއިތުވި އަހަރުތަކުގައި ސަލަފްއިން ދީނީ އެކި ހަރަކާތްތައް ބާއްވައި އިންތިޒާމް ކޮށްފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.